އަޅުގަނޑުމެން  ﷲ ގެ ޙަޟުރަތަށް އަނބުރާ ގެންގޮސް ދޭނޭ މީހަކު ﷲ ޢައްޔަން ކުރައްވާނެކަން  ކަށަވަރުކޮށް ދެނެގަތުމަށްޓަކައި، އެކަލޭގެފާނަކީ އަޞްލުގައިވެސް ﷲ  އަޅުގަނޑުމެންގާތަށް ފޮނުއްވި ބޭކަލެއްކަން ދެނެގަތުން ކޮންމެހެން  ބޭނުމެވެ. ﷲ މި މީހާ ފޮނުއްވާފައިވަނީ އަޅުގަނޑުމެންގެ ގާތަށް ބާއެވެ؟ 
يَا  أَهْلَ الْكِتَبِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى  اللَّهِ إِلَّا الْحَقَّ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ  رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ  فَآمِنُوا بِاللَّهِ وَرُسُلِهِ وَلَا تَقُولُوا ثَلَاثَةٌ انتَهُوا  خَيْرًا لَكُمْ إِنَّمَا اللَّهُ إِلَهٌ وَاحِدٌ سُبْحَانَهُ أَنْ يَكُونَ  لَهُ وَلَدٌلَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَكَفَى  بِاللَّهِ وَكِيلًا
"ހަމަ  ކަށަވަރުން މަރިޔަމުގެފާނުގެ ދަރިކަލުން މަސީޙު ޢީސާގެފާނަކީ ﷲ ގެ  ރަސޫލާއެވެ. އަދި، އެކަލާނގެ މަރިޔަމުގެފާނަށް ފޮނުއްވި، އެކަލާނގެ  ބަސްފުޅެވެ. (އަމުރުފުޅެވެ.) އަދި އެކަލާނގެ ޙަޟުރަތުން ފޮނުއްވި  ރޫޙުފުޅެކެވެ." (ނިސާ 171:4)
އަޅުގަނޑުމެންގެ  ސާހިބު ޢީސާގެފާނަކީ ﷲ ގެ ރަސޫލާއެވެ. އަދި އެކަލާނގެ ޙަޟުރަތުގައި އޮތް  އެކަލާނގެ ބަސްފުޅެވެ. ދެން އެކަލޭގެފާނު އިންސާނެއްގެ ގޮތުގައި އުފަން  ކުރެއްވުމަށްޓަކައި އެކަލޭގެފާނު މަރިޔަމުގެފާނަށް ފޮނުއްވުނީއެވެ.  އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަލުން އަޅުގަނޑުމެންނަށް ހޯދައި  ދިނުމަށްޓަކައި ބޭނުންވާ ހުރިހާ ސިފަތަކެއް ލިބިވަޑައިގެން ހުންނެވި  ހަމައެކަނި ބޭކަލަކީ އެކަލޭގެފާނެވެ.
ކިޔަމަންތެރިކަން ބޭނުންވެއެވެ
އަޅުގަނޑުމެންގެ  ސާހިބު ޢީސާގެފާނަށް ތަބަޢަވެގެން، ﷲ އަށް އަޅުކަން ކުރަމުން،  ޢީސާގެފާނަށް ކިޔަމަންގަނެގެން، ﷲ އަށް ތަޤުވާވެރިކަން މަތީގައި  އަޅުގަނޑުމެން ތެދުމަގުގައި ހިނގުން އިޚްތިޔާރު ކޮށްފިނަމަ އަޅުގަނޑުމެންގެ  ގެއްލިފައިވާ ޢިއްޒަތް އަޅުގަނޑުމެންނަށް އަނބުރާ ލިބިދާނެއެވެ. އެކަމަކު  މިކަންތައްތައް ކުރަން އަޅުގަނޑުމެން އިންކާރުކޮށްފިނަމަ އަޅުގަނޑުމެންނަށް  އޮތީ މާކުރިން ﷲ ކަނޑައަޅުއްވައި ނިންމަވާފައިވާ ދެމިހުންނަނިވި  ނަރަކައިގެ އަލިފާނުގެ ތެރޭގައި ހުތުރުވެގެންވާ ޢަޒާބުން ފުރިގެންވާ  މަންޒިލެކެވެ.
أُوْلَئِكَ هُمْ الْكَافِرُونَ حَقًّا وَأَعْتَدْنَا لِلْكَافِرِينَ عَذَابًا مُهِينًا
"އެމީހުންނަކީ  ހަމަ ކަށަވަރުން ކާފިރުންނެވެ. އަދި ކާފިރުންނަށްޓަކައި ހުތުރުވެގެންވާ  ޢަޒާބު ތިމަން ސުވާމީންގެ ތައްޔާރުކުރައްވާފައި ވަމެވެ." (ނިސާ 151:4)
އަޅުގަނޑުމެން  އެހެންވީމާ ވަކިގޮތެއް މިހާރު އިޚްތިޔާރު ކުރަންވެއްޖެއެވެ. މާތް ﷲ  އެކަލާނގެ ރަޙްމަތެއް ކަމުގައި ލެއްވި އަޅުގަނޑުމެންގެ ސާހިބު ޢީސާގެފާނަށް  ކިޔަމަންތެރިވެ ތެދުމަގުގައި ހިނގަން އަޅުގަނޑުމެން ބޭނުންވޭބާއެވެ؟ ނޫނީ  އަޅުގަނޑުމެން ބޭނުންވަނީ ދެމިހުންނަނިވި އަލިފާނުގެ ނުބައިވެގެންވާ ޢަޒާބު  ބާއެވެ؟
ޢީސާގެފާނަށް ތަބަޢަވާ މީހުންގެ މަތިވެރިވެގެންވާ މަޤާމު
އަލް މަސީޙު ޢީސާގެފާނުގެ މަދަދުގާރުންނަށް ޚާއްޞަ ނިޢުމަތްތަކެއް މާތް ﷲ ވަޢުދު ކުރައްވާފައިވެއެވެ.
فَلَمَّا  احَسَّ عِيسَى مِنْهُمْ الْكُفْرَ قَالَ مَنْ انْصَارِي اِلَى اللَّهِ  قَالَ الْحَوَارِيُّونَ نَحْنُ انْصَارُ اللَّهِ ءامَنَّا بِاللَّهِ  وَاشْهَدْ بِانَّا مُسْلِمُونَ رَبَّنَا ءامَنَّا بِمَا انْزَلْتَ  وَاتَّبَعْنَا الرَّسُولَ فَاكْتُبْنَا مَعَ الشَّهِدِينَ وَمَكَرُوا  وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَكِرِينَ اِذْ قَالَ اللَّهُ  يَعِيسَى اِنِّي مُتَوَفِّيكَ وَرَافِعُكَ اِلَيَّ وَمُطَهِّرُكَ مِنْ  الَّذِينَ كَفَرُوا وَجَاعِلُ الَّذِينَ اتَّبَعُوكَ فَوْقَ الَّذِينَ  كَفَرُوا اِلَى يَوْمِ الْقِيَمَةِ ثُمَّ اِلَيَّ مَرْجِعُكُمْ فَاحْكُمُ  بَيْنَكُمْ فِيمَا كُنْتُمْ فِيهِ تَخْتَلِفُونَ
"ދެން  ފަހެ އެމީހުންގެ ކިބައިން ކުފުރުވެރިކަން ޢީސާގެފާނަށް އިޙްސާސް  ކުރެއްވުނު ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. 'މާތް ﷲ ގެ މަގުގައި  އަހުރެންގެ މަދަދު ގާރުންނަށް ވެދޭނީ ކޮންބައެއްހެއްޔެވެ؟' ހަވާރީންގެ  މީހުން ދެންނެވިއެވެ. '(ﷲ ގެ މަގުގައި) އެހީތެރިވެދޭނެ މީހުންނަކީ  އަޅުގަނޑުމެންނެވެ. އަޅުގަނޑުމެން ﷲ ގެ ކިބަފުޅަށް އީމާން ވެއްޖައީމެވެ.  އަދި އަޅުގަނޑުމެންނަކީ އިސްލާމްވެ ކިޔަމަން ވެގެން ތިބި މީހުންކަމަށް  ކަލޭގެފާނު ހެކިވެވަޑައިގަންނަވާށެވެ. އޭ އަޅަމެން ހައްދަވާ ބޮޑުކުރެއްވި  ރަސްކަލާކޯއެވެ. އިބަސުވާމީންގެ ބާވައިލެއްވި ފޮތަށް އަޅަމެން  އީމާންވެއްޖައީމެވެ. އަދި ފޮނުއްވި ރަސޫލާއަށް އަޅަމެން ތަބަޢަ  ވެއްޖައީމެވެ. ދެންފަހެ އީމާންވެ ހެކިވެގެންވާ މީހުންގެ ތެރޭގައި އަޅަމެން  ލިޔުއްވާނދޭވެ.' އަދި އެމީހުން މަކަރުހަދައި ނުބައި ރޭވުންތައް ރޭވިއެވެ.  އަދި މާތް ﷲ (އެމީހުންގެ ރޭވުންތައް ބާޠިލުވެ އަދި އެމީހުންނަށް ކެހި  ލިބޭނޭގޮތަށް) ތަދުބީރު ކުރެއްވިއެވެ. ފަހެ ރޭވުމުގެ ކެހިވެރިކަމާއި  މަކަރުވެރިކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި މާތް ﷲ  ވަޙީ ކުރެއްވި ހިނދެވެ. 'އޭ ޢީސާގެފާނެވެ. އަހުރެން ކަލޭގެފާނުގެ މަރު  ހިއްޕަވާ ހުށީމެވެ. އަދި އަހުރެންގެ ޙަޟުރަތަށް އުފުއްލަވައި މަތިވެރި  ކުރައްވާހުށީމެވެ. އަދި ކާފިރުވީ މީހުންގެ ކިބައިން ކަލޭގެފާނު  ދުރުކުރައްވާހުށީމެވެ. އަދި ޤިޔާމަތް ދުވަހާއި ޖެހެންދެންވެސް ކަލޭގެފާނަށް  ތަބަޢަވީ މީހުން ކާފިރުންނަށްވުރެ މަތީ ދަރަޖައިގައި ލައްވާހުށީމެވެ. އަދި  އެއަށްފަހު ކަލޭމެން އެނބުރި އަންނަހުށީ އަހުރެންގެ ޙަޟުރަތަށެވެ.  އެއިރުން ކަލޭމެންގެ މެދުގައި ދެބަސްވެވުނު ކަންތަކާއިމެދު އަހުރެން  ފައިޞަލާ ކުރައްވާހުށީމެވެ.'" (އާލު ޢިމްރާން 3: 52-55)
ﷲ  ތަޢާލާ އެންމެ ފަހުގެ ދުވަސް، އިންޞާފުކުރައްވާ ދުވަސް  ތައްޔާރުކުރައްވާފައި ވެއެވެ. ކާފަރު ތަކުންނަށް ވުރެ މަތީ ދަރަޖައިގައި  ޢީސާގެފާނަށް ތަބަޢަވީ މީޙުން ލައްވާނެއެވެ. ހަމަ އެކަނި މިދުނިޔޭގައެއް  ނޫނެވެ. އަދި ކިއެއްތަ، އަންނަން އޮތް ދުނިޔޭގަވެސް މެއެވެ.
މުޙައްމަދުގެފާނުގެ ކަށަވަރުކަން
މުޙައްމަދުގެފާނު  ވަޑައިގަތީ އަލް މަސީޙް ޢީސާގެފާނަށްވުރެ 600 އަހަރު ފަހުންނެވެ.  އެކަލޭގެފާނާއި ޙަވާލު ކުރެވުނު ޚާއްޞަ ރޯލުތަކާއި މަސައްކަތްތައް  ޤުރުއާނުން ބަޔާން ކޮށްދެއެވެ.:
- (ކުރިން އެއްވެސް ރަސޫލުބޭކަލަކު ފޮނުވިފައި ނުވާ) ޢަރަބި ޤަބީލާތަކުގެ ރަސޫލަކަށް ވުމެވެ. (7:42، މަރިޔަމް 97:19)
- ބުދަށް އަޅުކަން ކުރުމާއި ދެކޮޅަށް އަދި ޤިޔާމަތް ދުވަހާއި މެދު އިންޒާރު ދެއްވުމެވެ. (7:42)
- އާ ދީނެއް ފެއްޓެވުމަކަށް ނޫނެވެ. އެކަމަކު ކުރިން ވަޑައިގަތް ރަސޫލުބޭކަލުންގެ ރިސާލަތު ޔަޤީން ކޮށް ދެއްވުމަށެވެ. (42 ވަނަ ސޫރަތުގެ 13 ވަނަ އާޔަތް، އަޙްޤާފު 9:46، އާލު ޢިމްރާން 33:3، 52:3)
- ކުރިން ބާވައިލެއްވުނު ފޮތްތަކާއި ނިޝާންތައް ކަށަވަރުކޮށް ދިނުމެވެ. (އަންޢާމް 126:6، ޔޫނުސް 10: 94-95)
- ތެދު މަގު ދޫކޮށްލާފައި ތިބި މީހުން އިޞްލާޙްކޮށް އިންޒާރު ދިނުމެވެ. (މާއިދާ 5: 13+41+68)
- ޔަހޫދީން އިންކާރުކުރާ ގޮތާއި ޚިލާފަށް، ޢީސާގެފާނަކީ އަޞްލު މަސީޙު ކަން ކަށަވަރުކޮށް ދެއްވުމެވެ. (އާލު ޢިމްރާން 45:3)
- ﷲ ގެ ރަޙްމަތަށް ފޯކަސް ކުރުމަށެވެ. (ނިސާ 4: 64+106)
- ތައުބާ ވުމުގެ ދިރިއުޅުމެއް ދިރިއުޅުމެވެ. (ނިސާ 146:4، މާއިދާ 5: 34+39، ފަޖުރު 34:14)
- "ކޮންމެ އާދަމުގެ ދަރިޔަކީ ފާފަވެރިޔެކެވެ. އަދި ފާފަވެރިންގެ ތެރެއިން އެންމެ ރަގަޅީ ކެނޑިނޭޅި ތައުބާ ވާ މީހާއެވެ." (ކަރީމްގެ މިޝްކާތުލް މަޞާބީޙް އިން ނަގާފައިވާ ތަންކޮޅެއް. ވޮލިއުމް 3 ގެ 360 ވަނަ ޞަފަޙާ)
- އިންސާނުންނާއި މެދު ޝަފާޢަތްތެރި ވާނޭ މީހަކަށް ނުވަތަ މެދުވެރިއަކަށް ވުމެއް ނޫނެވެ. (އެއްވެސް އިންސާނަކަށް މި ރޯލެއް ނުލިބޭނެއެވެ.) (ފިޠްރް 18:35، ޣާފިރު 18:40) އެކަމަކު ﷲ މެދުވެރިޔަކު ފޮނުއްވާނެކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. (އަންޢާމް 70:6، ޒުމަރު 44:39، ނަޖުމް 26:53)
ކުރީގެ  ޙާލަތަށް ބަދަލު ކޮށްދެއްވުމަށާއި މަޢާފު ކުރެއްވުން އެދި 'އެންމެ  މަތިވެރި ރަޙްމަތްތެރިޔާ'ގެ މައްޗަށް ފޯކަސް ކުރެއްވިކަން މިޙަދީޘުން  އޮޅުން ފިލުވައިދެއެވެ.
- "މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނު ފިޔަވައި އެހެން މަހުދީގެފާނެއް ނާންނާނެއެވެ." (ޙަދީޘް އިބްނިމާޖާ)
- "މާތްރަސްކަލާކޯއެވެ. އަޅާއަށް ޢަފޫ ކުރައްވާނދޭވެ. އަޅާގެ މައްޗަށް ރަޙުމުވެރިވެ ވޮޑިގަންނަވާނދޭވެ. އަދި އެންމެ މަތިވެރި ރަޙްމަތްތެރިޔާއާއި އަޅާ ގުޅުއްވަވާފާނދޭވެ." (މިހިސާބަށް ވިދާޅުވެފައި) ދެން އެކަލޭގެފާނުގެ ދެ އަތްޕުޅު ބާއްވަވާލެއްވިއެވެ. އަދި ދުނިޔެ ދޫކުރައްވައިފިއެވެ. (ޙަދީޘް ޞަޙީޙް ބުޚާރީ 1573-1574)
އަޅުގަނޑުމެން  އިންސާނުން ހުތުރު ކަމުގެ ތެރެއިން ޢިއްޒަތްތެރި މަޤާމަކަށް އެނބުރި  ގެންނެވުމަށް ޓަކައި ﷲ ތަޢާލާ ޙައްލެއް ދެއްވާފައި ވެއެވެ. މި ގޮތް  އެކަލާނގެ ރޭއްވެވީ ދުނިޔެ ފެށުނީއްސުރެ ފެށިގެންނެވެ. ތަފާތު  ނިޝާންތަކުންނާއި ފޮތްތަކުން އެކަން ތާރަފް ކުރެއްވިއެވެ. އެންމެހާ  ރަސޫލުބޭކަލުންވެސް ދައްކަވައި ކަށަވަރުކޮށް ދެއްވާފައިވަނީ އަލްމަސީޙް  ޢީސާ އަކީ ތެދުމަގުކަމެވެ. އަދި އެކަލޭގެފާނަކީ ﷲ ކޮންމެ މުއުމިނަކަށް  ދެއްވާ ރަޙްމަތްފުޅެވެ. އެއީ ތެދުވެރިކަމާއިއެކު ތިމާގެ ފާފަތަކުގެ  މައްޗަށް  ތައުބާވެ، ﷲ އަޅުގަނޑުމެންނަށްޓަކައި ދެއްވި ޤުރުބާނީ ޤަބޫލުކޮށް  ﷲ ގެ ކަލިމަފުޅު ކަމުގައިވާ ޢީސާގެފާނަށް ކިޔަމަން ގަންނަ މީހުންނެވެ.
 
No comments:
Post a Comment