އާދަމުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެމީހުންގެ ކުށް ފަހުމު ވެއްޖެއެވެ. 
قَالَا رَبَّنَا ظَلَمْنَا انفُسَنَا وَانْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنْ الْخَسِرِينَ
"އެމީހުން  ދެންނެވިއެވެ. 'އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާކޮ!  އަޅަމެންގެ އަމިއްލަ ނަފުސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމެވެ. އަދި  އަޅަމެންނަށް އިބަ ސުވާމީންގެ ފާފަފުއްސަވައި ރަޙްމަތް ނުލައްވައިފިނަމަ،  ހަމަ ކަށަވަރުން އަޅަމެން ވާހުށީ ގެއްލެނިވެގެންވާ ބަޔަކުކަމުގައެވެ.'"  (އަޢުރާފް 23:7)
އެނބުރި  ދާން އޮތް މަގަކީ ރަޙުމަތާއި މަޣުފިރަތުގެ މަގެވެ. އެކަމަކު އޭގެ އަނެއް  މަގަކީ ގެއްލެނިވެގެންވާ މަގެވެ. ރަޙުމަތުގެ މަގު އަޅުގަނޑުމެން ހޯދާނީ  ކިހިނެތްތޯއެވެ؟ އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތް އަލުން ޙާޞިލު  ކުރުމަށްޓަކައި ޤަދަރު އުފުލިގެންވާ ބޭފުޅަކު އަޅުގަނޑުމެން ކޮންމެހެން  ބޭނުމެވެ. ސަބަބަކީ:
- ދަށު ދަރަޖައިގެ ބަޔަކަށް އަނެކުން މައްޗެއް ނުކުރެވޭނެއެވެ.
- ފަޤީރުންނަކަށް އަނެކުން މުއްސަންޖެއް ނުކުރެވޭނެއެވެ.
- ނުސާފު މީހުންނަކަށް އަނެކުން ޠާހިރެއް ނުކުރެވޭނެއެވެ.
- އަބުރު ގެއްލިފައިވާ ބަޔަކަށް އަނެކުންނަކަށް ޢިއްޒަތެއް ހޯދައި ނުދެވޭނެއެވެ.
- ފޭރާމެއް ނެތި އޮރިޔާން ޙާލުގައި ޖެހިފައިވާ ބަޔަކަށް އަނެކުންގައި ފޭރާން އަޅުވައި ނުދެވޭނެއެވެ.
- ދުރުހެލިވެ ބީރައްޓެހި ވެފައިވާ ބަޔަކަށް އަނެކުންގެ މެދުގައި ގުޅުން އުފައްދައި ނުދެވޭނެއެވެ.
އަޅުގަނޑުމެން  އާދަމުގެފާނުގެ ޢާއިލާއެކޭ އެއްފަދައިން، އަޅުގަނޑުމެންގެ ސާހިބު  އާދަމުގެފާނަށްވެސް ކޮންމެހެން ބޭނުންފުޅުވަނީ އަޅުގަނޑުމެންގެ މި ބޮޑު،  ގެއްލުމާއި އެހީތެރިކަން ނެތިވެފައިވާ ވުމުގައި، އަޅުގަނޑުމެންނާއި  އެހީތެރި ވެދޭނޭ މީހެކެވެ. އެއީ މާތް ﷲ އަމިއްލަފުޅަށް އިސް ނަންގަވައިގެން  އަޅުގަނޑުމެންގެ ގާތަށް، އަޅުގަނޑުމެންގެ ގެއްލިފައިވާ ޢިއްޒަތްތެރިކަން  އަލުން ރައްދު ކޮށްދެއްވައި އެސުވާމީންގެއާއި އެކު ކުރިން އޮތްފަދަ  ގުޅުމެއް އުފެއްދުމަށް ޓަކައި ފޮނުއްވާނޭ ބޭފުޅެކެވެ. ﷲ ގެ މަގަށް  އަޅުގަނޑުމެން އަލުން ގެންގޮސް ދިނުމަށްޓަކައި މި މީހާއަކީ:
- ހުރިހާ (ފާފަތަކުން) ޠާހިރު ވެގެންވާ މީހަކަށް ވާންޖެހޭނެއެވެ.
- މަތިވެރި މަޤާމެއް ލިބިފައި ވާންޖެހޭނެއެވެ.
- ޢިއްޒަތްތެރިއަކަށް ވާން ޖެހޭނެއެވެ.
- ﷲ އާއި ކުއްތަން ވެގެންވާ ބޭފުޅަކަށް ވާންޖެހޭނެއެވެ.
ﷲ ގެ ހެކިތައް
މުޅި  ތާރީޚުގެ ތެރެއަށް ބަލާއިރުވެސް އަޅުގަނޑުމެންނަށް 'ތެދު މަގު' ނުވަތަ ﷲ  ގެ މަގަށް އެނބުރި ދާނޭގޮތް ދެއްކެވުމަށްޓަކައި އެކަލާނގެ އެތައް  ރަސޫލުންނަކާއި، (އެކަލާނގެ ވޮޑިގެންވާ ކަމުގެ) އެތައް ހެކިތަކެއް  ފޮނުއްވާފައިވެއެވެ. ހުޅުވޭ ސޫރަތް، އަލް ފާތިޙާ، އިން ދައްކައި ދެނީ  އަޅުގަނޑުމެން މި މަގަށް ދިޔުމަށްޓަކައި ތަކުރާރުކޮށް ކުރާ ދުޢާއެވެ.
اهْدِنَا الصِّرَطَ الْمُسْتَقِيمَ صِرَطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ
"އަޅަމެންނަށް  ތެދު މަގު ދައްކަވާނދޭވެ. އެއީ އެބަޔަކަށް އިބަސުވާމީންގެ ނިޢުމަތް ދެއްވި  މީޙުންގެ މަގެވެ. އެބަޔެއްގެ މައްޗަށް ކޯފާ ލެއްވި މީހުންގެ މަގެއް  ނޫނެވެ. އަދި މަގުފުރެދިގެން ވާ މީހުންގެ މަގެއްވެސް ނުމެ ނޫން މެއެވެ."  (ފާތިޙާ 1: 6-7)
ޤުރުއާން ސާފުކޮށް ބަޔާން ކޮށް ދެއެވެ:
وَهَذَا صِرَاطُ رَبِّكَ مُسْتَقِيمًا قَدْ فَصَّلْنَا الْآيَاتِ لِقَوْمٍ يَذَّكَّرُونَ
"މިއީ  ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ތެދު މަގެވެ. ތިމަންސުވާމީންގެ، ނަޞޭޙަތް  ލިބިގަންނަ މީހުންނަށް، ހެކިތައް ބަޔާން ކޮށް ދެއްވީމެވެ." (އަންޢާމް  126:6)
'ހެކި'،  'އާޔަތް' ނުވަތަ 'ނިޝާން' އަކީ އެތެރޭގެ ނުވަތަ ރޫޙާނީ ޙަޤީޤަތެއް  ބޭރުފުށުން ތަމްސީލުކޮށްދޭ އެއްޗެކެވެ. ޙައްޤު ތެދުގެ އެންމެ މުހިންމު ބައި  އޮންނަނީ، އެ ރިސާލަތެއް ފާޅުކޮށްދޭ ބަސްތައް ފަހަނަޅައި، މާ ދުރުގައެވެ. ﷲ  ގެ ހެކިތައް ބަލައި ނުގަންނަ މީހާ ކޮންމެހެން އެ ހެކިތަކުގެ އަޞްލާއިމެދު  އިންކާރު ކުރަނީ ކަމަށްވުން ލާޒިމެއް ނޫނެވެ. އަދި އެ ހެކީގެ  ފުރަގަހުގައިވާ އެކަލާނގެ ބާރުފުޅާއި މެދު އެއްބަސްވާން ދެކޮޅު  ހަދަނީކީވެސް ނުމެ ނޫންމެއެވެ. އެއާއި ޚިލާފަށް އެ ހެކީގެ ތެރޭގައިވާ  ރޫޙާނީ ޙަޤީޤަތް އޭނާގެ އަމިއްލަ ދިރިއުޅުމުގައި އަށަގަންނަވައި  ބަލައިގަނެ، ޤަބޫލު ކުރުމަށް އޭނާއަށް ނުރުހެ ވެވެނީއެވެ.
وَالَّذِينَ كَذَّبُوا بِءايَتِنَا وَاسْتَكْبَرُوا عَنْهَا اوْلَئِكَ اصْحَبُ النَّارِ هُمْ فِيهَا خَلِدُونَ
"އަދި  ތިމަންސުވާމީންގެ އާޔަތްތައް ދޮގުކޮށް އިންކާރުކޮށް ކިބުރުވެގަތް މީހުންނީ  ނަރަކައިގެ އަހުލު ވެރިންނެވެ. އެމީހުން އެތާނގައި ޚުލޫދުވެ  ދެމިތިބޭނެއެވެ." (އަޢުރާފް 36:7 އަދި ހަމަ އެސޫރަތުގެ 40 އާއި 9 ވެސް  ބައްލަވާށެވެ.)
ﷲ  ތަޢާލާ ރަސޫލުން މެދުވެރިކުރައްވައި ވަރަށް ގިނަ ހެކިތައް ވަނީ  ދެއްވާފައެވެ. ނުވަތަ ރަސޫލުން ހެކިތަކެއް ކަމުގައި ވަނީ ފޮނުއްވާފައެވެ.  އެ ހެކިތަކުން އެންގެވި ރިސާލަތު ދެނެގަތުމަށްޓަކައި ބައެއް މުހިއްމު  ރަސޫލުންނާއި މެދު ދިރާސާއެއް ހަދައިލުން ބޭނުންތެރިއެވެ.
ނޫޙު ޢަލައިހިއްސަލާމް
ﷲ  ސުންނާފަތި ކުރެއްވުމަށް އިރާދަ ކުރައްވާފައި ވާ، ވަރަށް ފާފަވެރި  ޖީލެއްގެ ތެރޭގައި، އީމާންތރެރިކަމާއި ތަޤުވާވެރިކަން މަތީ ހުންނަވައިގެން،  ނޫޙުގެފާނު ﷲ ގެ މަގުގައި ހިންގެވިއެވެ. 
އެނާކޮޅާއިއެކު  ނޫޙުގެފާނު އުފުއްލަވަމުން ގެންދެވީ ހަމަ ސީދާ މާތް ﷲ އަމިއްލަފުޅަށެވެ.  އެކަލާނގެ ރަޙްމަތްފުޅު އެކަލޭގެފާނަށް ދެއްވައި އެކަލާނގެ ކޯފާއިން  އެކަލޭގެފާނު ސަލާމަތް ކޮށްދެއްވައި ދިފާޢު ކުރެއްވިއެވެ.
وَحَمَلْنَهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ
"އަދި ފިލާތަކަކާއި މޮހޮރުތަކަކުން ހެދިފައިވާ އެއްޗެއްގައި ތިމަން ސުވާމީންގެ އެކަލޭގެފާނު އުފުއްލެވީމެވެ." (އަލް ޤަމަރު 13:54)
فَأَنجَيْنَهُ وَمَنْ مَعَهُ فِي الْفُلْكِ الْمَشْحُونِ ثُمَّ أَغْرَقْنَا بَعْدُ الْبَاقِينَ
"ދެން  ބަރާވެފައިވާ ނައު ކޮޅުގައި ތިމަން ސުވާމީންގެ އެކަލޭގެފާނާއި  އެކަލޭގެފާނުގެ އަރިހުގައި ވާ މީހުން ސަލާމަތް ކުރެއްވީމެވެ. ދެން  އެއަށްފަހުގައި ތިބި އެންމެން ތިމަންސުވާމީންގެ ޢަރަޤު ކުރެއްވީމެވެ."  (ޝުޢަރާ 26: 119-129 އަދި ހޫދު ސޫރަތުގެ 28 ވެސް ބައްލަވާށެވެ)
ނޫޙުގެފާނުގެ ދަރިކަލުން އިޚްތިޔާރު ކުރެއްވީ އޭނާގެ އަމިއްލަފުޅު ގޮތެވެ. 
وَهِيَ تَجْري بِهِمْ فِي مَوْجٍ كَالجِبَال وَنَادَى نُوحٌ ابْنَهُ وَكَانَ فِي مَعْزِل يَبُنَيَّ اركَبْ مَعَنَا وَلا تَكُنْ مَعَ الكَفِرينَ قَال سَءاوِي الى جَبَل يَعْصِمُنِي مِنْ المَاء قَال لا عَاصِمَ اليَوْمَ مِنْ امْر اللهِ الا مَنْ رحِمَ وَحَال بَيْنَهُمَا المَوْجُ فَكَانَ مِنْ المُغْرقِينَ وَقِيل يَارضُ ابْلعِي مَاءكِ وَيَسَمَاء اقْلعِي وَغِيضَ المَاء وَقُضِيَ الامْر وَاسْتَوَتْ عَلى الجُودِيِّ وَقِيل بُعْدًا للقَوْمِ الظلمين وَنَادَى نُوحٌ ربَّهُ فَقَال ربِّ انَّ ابْنِي مِنْ اهْلي وَانَّ وَعْدَكَ الحَقُّ وَانْتَ احْكَمُ الحَكِمِينَ قَال يَنُوحُ انَّهُ ليْسَ مِنْ اهْلكَ انَّهُ عَمَل غَيْر صَلحٍ فَلا تَسْءلنِ مَا ليْسَ لكَ بِهِ عِلمٌ انِّي اعِظُكَ انْ تَكُونَ مِنْ الجَهِلينَ
"ފަރުބަދަފަދަ  ރާޅުތަކެއްގެ ތެރޭގައި، އެބައިމީހުންނާއިގެން އެ ނައުކޮޅު ދުވަމުން  ދިޔައެވެ. އަދި ނޫޙުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ގޮވައިލައްވައި  ވިދާޅުވިއެވެ. 'އޭ ދަރިފުޅާއެވެ. އަހަންނާއިއެކު ނައުކޮޅަށް އަރާށެވެ.  ކާފިރުންނާއި އެކުގައި ނުވާށެވެ.'
އެ  ދަރިކަލުން ވިދާޅުވިއެވެ. 'ފެނުން އަހުރެން ރައްކައުތެރި ކޮށްދޭނެ  ފަރުބަދައަކަށް އަހުރެން އަރައިފާހުށީމެވެ.' ނޫޙުގެފާނު ވިދާޅުވިއެވެ. 'ﷲ  ގެ ޢަޒާބުން ރައްކައުތެރި ކަން ދޭނޭ ފަރާތެއް އެކަލާނގެ ރަޙްމަތް ލެއްވި  މީހަކަށް ނޫނީ މިއަދަކު ނެތެވެ.' ދެން އެ ދެމެދަށް ރާޅެއް ހުރަސް އެޅިއެވެ.  އެހެންވެ ޣަރަޤު ވެވުނު މީހުންގެ ތެރެއިން އެ ދަރިކަލުން ވިއެވެ.
އަދި  އެންގެވުނެވެ. 'އޭ ބިމާއެވެ. ކަލޭގެ ފެންގަނޑު ދިރުވައިލާށެވެ. އަދި އޭ  އުޑާއެވެ. ވެހުން ހުއްޓައިލާށެވެ.' ދެން ފެންގަނޑު ހިނދެމުން ގޮސް  ހިނދިއްޖެއެވެ. އަދި ﷲ ގެ އަމުރުފުޅު ނިޔާވެވި ނިމިއްޖެއެވެ. އަދި ޖޫދީ  ފަރުބަދައިގެ މައްޗަށް އެ (ނައުކޮޅު) ބީހި ހަމަޖެހިއްޖެއެވެ. އަދި  އެންގެވުނެވެ. 'އަނިޔާވެރިންނަށް ހަލާކާއި ނެތި ދިޔުން ހުއްޓެވެ.'
ނޫހުގެފާނު  އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކިބަފުޅަށް (މުނާޖާ) ދެންނެވިއެވެ. ފަހެ،  އެކަލޭގެފާނު ވިދާޅުވިއެވެ. 'އަޅުގެ ސާހިބުވަންތަ ރަސްކަލާކޯއޭ! ހަމަ  ކަށަވަރުން މިއަޅާގެ ދަރިޔާއީ އަޅުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ.  އިބަސުވާމީންގެ ވަޢުދު ބަސްފުޅަކީ ޙައްޤު ތެދު ބަސްފުޅެވެ. އިބަ ސުވާމީންގެ  އަކީ ނިޔާ ކުރެއްވުމުގައި އެންމެ ޢަދުލު ވެރި ރަސްކަލާނގެއެވެ.'
ﷲ  ވަޙީކުރައްވައި އެންގެވިއެވެ. 'އޭ ނޫޙުގެފާނެވެ. ހަމަ ކަށަވަރުން އެ  ދަރިކަލުން ކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއަކު ނުވެއެވެ. ހަމަ  ކަށަވަރުން އެއީ ހެޔޮ ނޫން ޢަމަލެކެވެ. ފަހެ ކަލޭގެފާނަށް އެކަމާއި މެދު  އެނގުމެއް ނުވާ ކަންތައް ތިމަންސުވާމީންގެ ޙަޟުރަތުން އެދި ނުދަންނަވާށެވެ.  އެފަދަ ކަންތައް ނުދަންނަ މީހުންގެ ތެރެއިން ވުމަށް ތިމަންސުވާމީންގެ  ކަލޭގެފާނަށް ވަޢުޡު ދެއްވައި ނަސޭހަތްތެރިވެ ވޮޑިގެންވަމެވެ.'" (ހޫދު 11:  42-46)
ނޫޙުގެފާނުވެސް  ހުންނެވީ އެކަލޭގެފާނުގެ ކުށްތަކާއި ފާފަ އާއި މެދު ހޭފުޅުލައްވައެވެ.  (އެކަން އެގެނީ އެކަލޭގެފާނު އެކަމަށް ދުޢާ ކުރެއްވީތީއެވެ.)
قَال ربِّ انِّي اعُوذُ بِكَ انْ اسْءَلكَ مَا ليْسَ لي بِهِ عِلمٌ وَالا تَغْفِر لي وَتَرحَمْنِي اكُنْ مِنْ الخَسِرينَ
"އަދި  އިބަސުވާމީންގެ މިއަޅާގެ ފާފަ ފުއްސަވައި އަޅުގެ މައްޗަށް ރަޙްމަތް  ނުލައްވައިފިނަމަ ހަމަ ކަށަވަރުން މިއަޅާ ގެއްލެނިވެގެންވާ މީހުންގެ  ތެރެއިން ވެދާނެއެވެ." (ހޫދު 47:11)
رَبِّ  اغْفِرْ لِي وَلِوَلِدَيَّ وَلِمَنْ دَخَلَ بَيْتِي مُؤْمِنًا  وَلِلْمُؤْمِنِينَ وَالْمُؤْمِنَتِ وَلَا تَزِدْ الظَّلِمِينَ إِلَّا  تَبَارًا
"ހައްދަވާ  ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އަޅާއަށާއި އަޅާގެ ބައްޕައާއި މައްމައާއި  އީމާން ކަމުގައި އަޅުގެ ގެއަށް ވަދެއްޖެ ކޮންމެ މީހަކަށާއި އެންމެހާ  މުއުމިނުންނަށް ފާފަ ފުއްސަވާދޭވެ." (ނޫޙް 28:71)
އެކަމަކު  އެކަލޭގެފާނުގެ ހުރިހާ ކަމެއް ވަކީލު ކުރައްވާފައިވަނީ ﷲ ގެ  ރަޙްމަތްފުޅުގެ މައްޗަށް ކަމަށް ވާތީ ﷲ ގެ ސަލާމާއި ރަޙްމަތް  އެކަލޭގެފާނަށް ލިބިވަޑައިގަތެވެ.
قِيلَ  يَٰنُوحُ ٱهْبِطْ بِسَلَٰمٍۢ مِّنَّا وَبَرَكَٰتٍ عَلَيْكَ وَعَلَىٰٓ  أُمَمٍۢ مِّمَّن مَّعَكَ ۚ وَأُمَمٌۭ سَنُمَتِّعُهُمْ ثُمَّ يَمَسُّهُم  مِّنَّا عَذَابٌ أَلِيمٌۭ
"އެންގެވުނެވެ. އޭ ނޫޙުގެފާނެވެ. ތިމަން ސުވާމީންގެ ޙަޟުރަތުން (ދެއްވާ) އަމާންކަމާއި އެކު (ސަލާމާއިއެކު)، އަދި ކަލޭގެފާނަށާއި ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތް ތަކަށް ތިމަންސުވާމީންގެ ޙަޟުރަތުން ދެއްވާ ބަރަކާތާއިއެކު (ފަރުބަދަ މަތިން) ފައިބާ ވަޑައިގަންނަވާށެވެ. އަދި ތިމަންސުވާމީންގެ އެ އުއްމަތްތަކަކަށް (ދުނިޔޭގެ) އުފާ ދެއްވާނޭ އުއްމަތްތަކެއް ވެއެވެ. އެއަށްފަހު ތިމަންސުވާމީންގެ ޙަޟުރަތުން ވޭންދެނިވި ޢަޒާބު އެމީހުންނަށް ކުރިމަތިވެގެން އަންނާނެއެވެ." (ހޫދު 48:11)
"އެންގެވުނެވެ. އޭ ނޫޙުގެފާނެވެ. ތިމަން ސުވާމީންގެ ޙަޟުރަތުން (ދެއްވާ) އަމާންކަމާއި އެކު (ސަލާމާއިއެކު)، އަދި ކަލޭގެފާނަށާއި ކަލޭގެފާނުގެ އަރިހުގައިވާ މީހުންގެ ތެރެއިން އުފެދޭ އުއްމަތް ތަކަށް ތިމަންސުވާމީންގެ ޙަޟުރަތުން ދެއްވާ ބަރަކާތާއިއެކު (ފަރުބަދަ މަތިން) ފައިބާ ވަޑައިގަންނަވާށެވެ. އަދި ތިމަންސުވާމީންގެ އެ އުއްމަތްތަކަކަށް (ދުނިޔޭގެ) އުފާ ދެއްވާނޭ އުއްމަތްތަކެއް ވެއެވެ. އެއަށްފަހު ތިމަންސުވާމީންގެ ޙަޟުރަތުން ވޭންދެނިވި ޢަޒާބު އެމީހުންނަށް ކުރިމަތިވެގެން އަންނާނެއެވެ." (ހޫދު 48:11)
ނޫޙުގެ ފާނުގެ ފަރާތުން ލިބުނު ފިލާވަޅުތައް:
- ﷲ ގެ ޢަޒާބު އިންސާނިއްޔަތަށް އޮވެއެވެ.
- އެކަލާނގެ ކޯފާއިން ސަލާމަތްވާނޭ ގޮތް އެކަލާނގެ އަމިއްލަފުޅަށް ދައްކަވައެވެ.
- ސަލާމަތްވާނެ މަގު އަހަރެމެން އިންސާނުންނަށް އަމިއްލައަކަށް އިޚްތިޔާރެއް ނުކުރެވޭނެއެވެ.
- އަހަރެމެންގެ ހުރިހާ ކަމެއްވެސް ބިނާވެގެންވަނީ އަހަރެމެންގެ ފާފަތަކާއިމެދު ﷲ ރަޙުމު ވެރިވެ ވޮޑިގެންދެއްވުމުގެ މައްޗަށެވެ.
އިބްރާހީމް ޢަލައިހިއްސަލާމް
އެންމެހާ  ތެދުވެރި މުސްލިމުންގެ ދީނެއް ކަމުގައި މާނަކުރެވޭ "ތެދުމަގު" އާއި މެދު  ޙަވާލާ ދެވެނީ "މިއްލަތަ އިބްރާހީމް" (އިބްރާހީމްގެފާނުގެ އީމާންތެރިކަން  ނުވަތަ ދީން) ކަމުގައެވެ.
قُلْ  إِنَّنِى هَدَىٰنِى رَبِّىٓ إِلَىٰ صِرَٰطٍۢ مُّسْتَقِيمٍۢ دِينًۭا  قِيَمًۭا مِّلَّةَ إِبْرَٰهِيمَ حَنِيفًۭا ۚ وَمَا كَانَ مِنَ  ٱلْمُشْرِكِينَ
"ބުނާށެވެ.  ހަމަ ކަށަވަރުން އަހުރެންގެ ވެރި ރަސްކަލާނގެ އަހަންނަށް މަގުދައްކަވާފައި  ވަނީ ސީދާވެގެންވާ ތެދުމަގަކަށެވެ. ހަރުދަނާ ދީނެކެވެ. އެއީ ބުދަށް  އަޅުކަން ކުރާ ބޭކަލަކު ކަމުގައި ނުވާ، ޞާލިޙު އިބްރާހީމްގެފާނުގެ ދީނެވެ."  (އަންޢާމް 6: 161)
އިބްރާހީމްގެފާނަކީ  ހަރުދަނާ ޞާލިޙު ބޭފުޅެކެވެ. (ބަޤަރާ 135:2) އަދި ޢާލަމްތައް ހައްދަވައި  ބޮޑުކުރެއްވި މާތް ރަސްކަލާނގެއަށް އިސްލާމް ވެ ވަޑައިގަތެވެ. (ބަޤަރާ  131:2)
އަޅުގަނޑުމެންނަށް  މާތް ﷲ ގެ މަޣުފިރަތު ދެއްވުން އެދި އެކަލޭގެފާނު ކެނޑިނޭޅި  ދުޢާކުރައްވައެވެ. (ނަމާދު ޤާއިމު ކުރައްވައެވެ.) ﷲ އިބްރާހީމްގެފާނާއިމެދު  ބައްލަވަނީ އެކަލާނގެ 'މިތުރު' ނުވަތަ 'ރަޙްމަތްތެރިޔާ' ގެ ގޮތުގައެވެ.  (ނިސާ 125:4) 
ﷲ އަކީ ދުޢާތައް އައްސަވާ ރަސްކަލާނގެ ކަން އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. (އިބްރާހީމް 14: 39-41)
އިބްރާހީމްގެފާނުވެސް މުޅިން ފުރިހަމައެއް ނޫނެވެ. އަދި އެހެންވެ ﷲ ގެ ޢަފޫކުރެއްވުމަށް އެދި ދުޢާކުރައްވަތެވެ.
إِذْ  جَاءَتْهُمْ الرُّسُلُ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا  تَعْبُدُوا إِلَّا اللَّهَ قَالُوا لَوْ شَاءَ رَبُّنَا لَأَنزَلَ  مَلَئِكَةً فَإِنَّا بِمَا أُرْسِلْتُمْ بِهِ كَفِرُونَ
"ހައްދަވައި  ބޮޑުކުރެއްވި މާތްރަސްކަލާކޮ. ހިސާބު ބައްލަވާ ދުވަހު އަޅާއަށާއި އަޅާގެ  މައިން ބަފައިންނަށާއި އަދި އެންމެހާ މުއުމިންތަކުންނަށް ފާފަ  ފުއްސަވައިފާދޭވެ." (41:14)
އިބްރާހީމްގެފާނު  ހުންނެވީ ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނުގެ ދަރިކަލުންވެސް ޤުރުބާން  ކުރައްވަން އެދިއެދިއެވެ. އެކަމަކު ﷲ އެކަލޭގެފާނަށް އެހެންގޮތެއް  ދެއްކެވީއެވެ. 
وَفَدَيْنَهُ بِذِبْحٍ عَظِيمٍ
"މަތިވެރިވެގެންވާ ޤުރުބާނީއަކުން ތިމަންސުވާމީންގެ އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ." (ޞާއްފާތު 107:37)  
ފާފަތަކަށް ޓަކައި ބޭނުންވާ ޤުރުބާނީ ދެއްވީ އެކަލާނގެ އަމިއްލަފުޅަށެވެ.
އިބްރާހީމްގެފާނުގެ ފަރާތްޕުޅުން ލިބުނު ފިލާވަޅުތައް:
- ތެދުމަގުން (އިންސާނާ) ގެންގޮސް ދެނީ، ﷲ އާއިއެކު ފުން ރަޙްމަތްތެރި ކަމެއްގެ ތެރެއަށެވެ.
- މިގުޅުން ލިބޭނީ ހަމައެކަނި ޞާލިޙު މީހުންނަށެވެ.
- ނަމާދު ކުރުމުގައި ނުވަތަ ދުޢާކުރުމުގައި އެންމެ އިސް ކަމަކަށް ވާންޖެހޭނީ އަޅުގަނޑުމެންގެ ފާފަ ފުއްސެވުމަށް އެދުމެވެ.
- އަޅުގަނޑުމެންގެ ފާފައިގެ ބޮޑުވެގެންވާ ޤުރުބާނީ މާތް ﷲ އަމިއްލަފުޅަށް ދެއްވައެވެ.
މޫސާ ޢަލއިހިއްސަލާމް
މާތް ﷲ މޫސާގެފާނަށް ފޮތް (ތައުރާތު) ބާވައިލެއްވިއެވެ. (ޤަޞަޞް 28: 43-44)
އަންނަނިވި ސިފަތައް އެކުލެވިގެންވާ ޅަ ގެރިއެއް ޤުރުބާން ކުރެއްވުމަށް މާތް ﷲ މޫސާގެފާނަށް އަމުރުކުރެއްވިއެވެ. (ބަޤަރާ 2: 67-71)
- އެއީ ދަނޑުބިން ފުރޮޅާ ނިކަމެތި ގެރިއެއް ނޫނެވެ. އަދި ދަނޑަށް ފެންދޭ ގެރިއެއްވެސް ނޫނެވެ.
- އައިބުތަކުން ސަލާމަތްވެގެންވާ ގެރިއެކެވެ.
- އެއްވެސް ލަފެއް ނެތް ސާފު ޠާހިރު ގެރިއެކެވެ. (އެއްވެސް މީހަކަށް އަނެކާގެ ފާފަތަކެއް ނުއުފުއްލޭނެއެވެ. ނަޖުމް 38:53).
މޫސާގެފާނަށް،  އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި، މިޞްރުގެ ވެރި ފިރުޢައުނާއި އަދި  މިޞްރުގެ ސިޙުރުވެރިންނާއި ކުރިމަތި ލުމަށްޓަކައި، ނިޝާންތަކެއް  ދެއްވުނެވެ. (އަޢުރާފު 53: 103-160)
- އެ ސިހުރުވެރިން އެއީ ސިހުރު ކަމުގައި އިންކާރު ކުރިއެވެ. އަދި ކާފިރުވިއެވެ. (7: 103، 109، 116)
- ބަޔާންވެގެން ހުރި ހެކިތަކެއްކަމުގައި މާތް ﷲ އެމީހުންގެ މައްޗަށް އުކުނާއި ބޮކާއި ލޭގެ ކޯފާތައް ފޮނުއްވިއެވެ. އެބައިމީހުންގެ ގޭތަކުގެ ދޮރު ކަނިތަކުގައި ޤުރުބާނީތަކުގެ ލޭ ހާކައިގެން، އެކަލޭގެފާނުގެ ޤައުމުގެ މީހުން މި ކޯފާތަކުން ސަލާމަތް ކުރެއްވިއެވެ.
- فَارْسَلْنَا عَلَيْهِمْ الطُّوفَانَ  وَالْجَرَادَ وَالْقُمَّلَ وَالضَّفَدِعَ وَالدَّمَ ءايَتٍ مُفَصَّلَتٍ  فَاسْتَكْبَرُوا وَكَانُوا قَوْمًا مُجْرِمِينَ
 "ނަތީޖާއެއްގެ ގޮތުން (ނީލަ ކޯރުގެ) ފެންބޮޑުވުމުގެ ޠޫފާނާއި އުކުނާއި ބޮކާއި ލެއާއި ތިމަންސުވާމީންގެ އެމީހުންގެ މައްޗަށް ފޮނުއްވީމެވެ. ކަނޑައެޅި ބަޔާން ވެގެން ހުރި ހެކިތަކެކެވެ. އެކަމަކު އެމީހުން ދެންވެސް ކިބުރުވެރިވެ ބޮޑާވެގަތީއެވެ. އެއީ ކުށްވެރި ބަޔެކެވެ." (133:7)
- އެ ހެކިތަކަށް އިންކާރު ކުރާ މީހުންނަކީ ކާފިރުންނެވެ. (7: 132، 134،135)
- މޫސާގެފާނަށް ﷲ ގެ ޢަޡުމަތްތެރިކަން ދެއްކެވުމަށްފަހު އެކަލޭގެފާނު މާތް ﷲ ގެ ކިބަފުޅަށް ތައުބާ ވިއެވެ. (7: 143)
- ބުދަށް އަޅުކަން ކުރެވުމުގެ ފާފައަށް ތައުބާ ވުމަށްފަހު، އެމީހުން އެދި ވަކީލު ކޮށްގެން ތިބީ ﷲ ގެ ރަޙުމަތަށާއި މަޣުފިރަތަށެވެ. އެމީހުންގެ އަމިއްލަ ހެޔޮ ޢަމަލުތަކުގެ މައްޗަކަށް ނޫނެވެ. (7: 149)
- މޫސާގެފާނުވެސް ވަކީލުކޮށްގެން ހުންނެވީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އަޚު ހާރޫނުގެފާނުގެފާނަށް ﷲ ގެ ރަޙުމަތާއި މަޣުފިރަތު ދެއްވުމަށެވެ. (153:7)
މޫސާގެފާނުގެ ޙަޔާތްޕުޅުން ލިބުނު ފިލާވަޅުތައް:
- ފާފަތަކަށްޓަކައި އެކަށޭނަ ޤުރުބާނީއެއް ﷲ ބޭނުންފުޅުވެ ވޮޑިގެންވެއެވެ.
- ސިޙުރަށް އީމާން ވުމީ ކާފަރުކަމުގެ ތެރެއަށް ގެންދާ ކަމެކެވެ.
- ﷲ ގެ ހެކިތަކަށް ޣާފިލުވުމަކީ ކާފިރަކު ކަމުގައި ވުމެވެ.
- އެ ނިޝާންތަކުގެ އެންމެ މަތީ ފަންތިއަކީ ލެއެވެ. ޢަޒާބަށްޓަކައި ނުވަތަ ސަލާމަތަށްޓަކައިވިޔަސް ވެހެވެ.
- ﷲ ގެ ޢަޡުމަތް ތެރިކަން ދުށުމަކީ، މާ ފުން ފެންވަރެއްގައި ތައުބާވެ، ﷲ ގެ މަގަށް ރުޖޫކުރުވަނިވި ކަމެކެވެ.
- އަހަރެމެންގެ ފާފަތަކަށްޓަކައި އަހަރެމެން ބުރަވެ ތިބެންވާނީ ﷲ ގެ ރަޙުމަތާއި މަޣުފިރަތަށެވެ.
ދާއޫދު ޢަލައިހިއްސަލާމް
(އާދަމުގެފާނެކޭ އެއްފަދައިން) ދާއޫދުގެފާނަށްވެސް ޚަލީފާއެއްގެ ލަޤަބު ދެވުނެވެ.
يَدَاودُ  إِنَّا جَعَلْنَكَ خَلِيفَةً فِي الْأَرْضِ فَاحْكُمْ بَيْنَ النَّاسِ  بِالْحَقِّ وَلَا تَتَّبِعْ الْهَوَى فَيُضِلَّكَ عَنْ سَبِيلِ اللَّهِ  إِنَّ الَّذِينَ يَضِلُّونَ عَنْ سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ  بِمَا نَسُوا يَوْمَ الْحِسَابِ
"އޭ  ދާއޫދުގެފާނެވެ. ތިމަން ސުވާމީންގެ ކަލޭގެފާނު ބިމުގައި ޚަލީފާއަކު  ކަމުގައި ލެއްވީމެވެ. މީސްތަކުންގެ މެދުގައި ކަލޭގެފާނު ޙައްޤަށް ޙުކުމް  ކުރައްވާށެވެ." (ޞާދު 26:38)
އެކަލޭގެފާނު އެހެން ބޭފުޅުންނާއި ދެގޮތަކުން ތަފާތުވެގެން ވާކަން ޤުރުއާނުން ދައްކައި ދެއެވެ:
- إِنَّا  أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَى نُوحٍ وَالنَّبِيِّينَ مِنْ  بَعْدِهِ وَأَوْحَيْنَا إِلَى إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ  وَيَعْقُوبَ وَالْأَسْبَاطِ وَعِيسَى وَأَيُّوبَ وَيُونُسَ وَهَارُونَ  وَسُلَيْمَانَ وَآتَيْنَا دَاوُودَ زَبُورًا
 ﷲ އެކަލޭގެފާނަށް ޒަބޫރުއޭ ކިޔުނު ފޮތްބާވައިލެއްވިއެވެ. "އަދި ދާއޫދުގެފާނަށް ތިމަންސުވާމީންގެ ޒަބޫރު ބާވައިލެއްވީމެވެ." (ނިސާ 163:4)
- ﷲ އެކަލޭގެފާނަށް ޚާއްޞަ  ފަޟުލުވަންތަކަން ދެއްވިއެވެ. "ހަމަ ކަށަވަރުން ތިމަންސުވާމީންގެ،  ދާއޫދުގެފާނަށް ދަރުމަވަންތަކަން ދެއްވީމެވެ: 
 وَلَقَدْ ءاتَيْنَا دَاوُدَ مِنَّا فَضْلًا يَجِبَالُ أَوِّبِي مَعَهُ وَالطَّيْرَ وَأَلَنَّا لَهُ الْحَدِيدَ
 "އޭ ފަރުބަދަތަކާއެވެ. އެކަލޭގެފާނާއިއެކު ތިޔަ ފަރުބަދަތައް ތަސްބީޙަ ކިޔައި އުޅޭށެވެ. އަދި ކަލޭމެން ދޫނިތައް ވެސް މެއެވެ. އަދި އެކަލޭގެފާނަށްޓަކައި ދަގަނޑު ތިމަން ސުވާމީންގެ މަޑު ކުރެއްވީމެވެ." (ސަބާ 10:34)
އިންޖީލުގައި  ދާއޫދުފާނު ބަޔާން ކުރެވިގެންވަނީ ﷲ ހިތްޕުޅާވާ ބޭފުޅެއްގެ ގޮތުގައެވެ.  ދުޢާތަކާއި މަދަޙަ ތަކުން އެކަލޭގެފާނު ކެނޑިނޭޅި ﷲ އަށް ސަނާ  ދެންނެވިއެވެ. އެންމެ ދަތި އުނދަގޫ ޙާލަތްތަކުގައިވެސް އެކަލޭގެފާނު ހުރިހާ  އިތުބާރެއް ކުރައްވަނީ ﷲ އަށެވެ. އަދި ހަމަ އެހެންމެ ﷲ ގެ މަދަދުފުޅު  ތަޖުރިބާ ކުރެއްވިއެވެ.
ދާއޫދުގެފާނުވެސް  ފެއިލިވެ ވަޑައިގަތެވެ. އެކަލޭގެފާނު ޒިނޭ ކުރައްވައި، މީހަކު  މެރުއްވިއެވެ. އެކަމަކު އެކަލޭގެފާނުގެ ފާފައަށް ޢާއްމުންގެ މެދުގައި  ފާޅުގައި ތައުބާވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ ހުރިހާ ކަމެއް  މިލްކުވެވޮޑިގެންވަނީ ﷲ އަށް ކަން އެކަލޭގެފާނު ދެނެވަޑައިގަތެވެ. އަދި  އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ: 
"އިބަސުވާމީންގެ  އެއްވެސް ޤުރުބާނީއަކަށް ރުހިވޮޑިނުގަންނަވާނެއެވެ. އެހެން ނޫންނަމަ އަޅާ  އިބަސުވާމީންގެއަށް ޤުރުބާނީއެއް ހުށަހެޅީމުހެވެ. އަންދާލެވިފައިވާ  (ޤުރުބާނީގެ) ހުށަހެޅުންދެކެ އިބަސުވާމީންގެ ލޯބިވެވޮޑިނުގަންނަވަތެވެ. އޭ  މާތް ރަސްކަލާކޯއެވެ. ހިތާމަވެރި އަދި ހަލާކުވެފައިވާ ހިތެއް ދެކެ  އިބަސުވާމީންގެ ނަފުރަތު ނުކުރައްވަމުއެވެ." 
ދެން އެކަލޭގެފާނު ﷲ ގެ ޢަފޫކުރެއްވުމަށް އެދިވަޑައިގަތެވެ. 
قَالَ  لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِۦ ۖ وَإِنَّ  كَثِيرًۭا مِّنَ ٱلْخُلَطَآءِ لَيَبْغِى بَعْضُهُمْ عَلَىٰ بَعْضٍ إِلَّا  ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ وَقَلِيلٌۭ مَّا هُمْ ۗ  وَظَنَّ دَاوُۥدُ أَنَّمَا فَتَنَّٰهُ فَٱسْتَغْفَرَ رَبَّهُۥ وَخَرَّ  رَاكِعًۭا وَأَنَابَ 
"އަދި އެކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟުރަތުން ޢަފޫކުރެއްވުމަށް އެދިވަޑައިގެތެވެ." (ޞާދު 24:38) 
ދެން  ﷲ އެކަލޭގެފާނަށް ޢަފޫ ކުރައްވައި، އެކަލާނގެ ޚާއްޞަ ގޮތަކުން ޢައްޔަން  ކުރައްވާފައިވާ ވެރިޔާ، 'އަލް މަސީޙު'، އެކަލޭގެފާނުގެ ޢާއިލާއިން  ވަޑައިގަންނަވާނެ ކަމަށް ވަޢުދުވެ ވޮޑިގަތެވެ.
ދާއޫދުގެފާނުގެ ފަރާތްޕުޅުން ލިބުނު ފިލާވަޅުތައް:
- ﷲ އެދިވޮޑިގަންނަވަނީ އަޅުގަނޑުމެންގެ ފަރާތުން ޙަޤީޤީ ސަނާއާއި އަޅުކަމެވެ.
- ފާޅުގައި ނިކަމެތި ކަމާއިއެކު ކުށް ޤަބޫލުކޮށް ތިމާމެންގެ ފާފަތަކުގެ މައްޗަށް ތައުބާވާ މީހުންގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވައެވެ.
- ﷲ ރުހިވޮޑިގަންނަވާ ޤުރުބާނީއަކީ ހަލާކުވެފައިވާ ހިތަކާއި ރޫޙެކެވެ.
 
No comments:
Post a Comment